ށ. ކޮމަންޑޫ ދާއިރާގެ އިންތިހާބު (ބައި-އިލެކްޝަން) ގެ ވޯޓުލުން ފޯރީގައި ފަށައިފިއެވެ.ކޮމަންޑޫ އިންތިހާބުގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

ށ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގަައި ހެނދުނު 7 އިން ފެށިގެން ވޯޓިލާން ކިޔު ހަދާފައި ވާއިރު މާލޭގަައި ވޯޓުލާ މަރުކަޒުގައި ވެސް އެ ދާއިރާއަށް ނިސްބަތްވާ މީހުން ދަނީ ވޯޓުލަމުންނެވެ.

އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީ އިން އިންތިހާބުގަައި ވާދަ ކުރާއިރު 3 ޕާޓީގެ ލީޑާޝިޕްގެ އިސް ބައެއް ވެރިން ވޯޓުލާ ސަރަހައްދުގައި އެބަ ތިއްބެވިއެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާ މީހުން ނިސްބަތްވާ ރަށާއެކު:

  • ކޮމަންޑޫގެ 1،406 މީހުން
  • ފޯކައިދޫން 1،202 މީހުން
  • މަރޮށިން 701 މީހުން

މި ދާއިރާއަށް ވޯޓުލާން މާލޭގައި ބެހެއްޓި 2 ފޮށްޓަށް ތިން ރަށުގެ 1،300 މީހަކު ވޯޓުލާނެއެވެ.

ޖުމްލަ 3،309 މީހުންގެ ތެރެއިން ރަށްރަށުގައި ބެހެއްޓި ފޮށިތަކަށް ވޯޓުލާން ޝަތުރުހަމާ މީހުން:

  • ކޮމަންޑޫގައި 712 މީހުން
  • ފޯކައިދޫގައި 929 މީހުން
  • މަރޮށީގައި 367 މީހުން

މި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް މީހުން ވޯޓުލާނީ މެންދުރު ފަހު 3 އިން 4 އަށެެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ގަޑިތަކާއި ވޯޓު ފޮށިތައް

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 14 ގައި އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ އިތުރުން، މާދަމާ ތ. ވިލުފުށްޓާއި، ގއ. ގެމަނަފުށީގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުވެސް ކުރިއަށް ދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.