މާލޭގައި ފްލޫ ކްލިނިކް ކުރިން ހިންގި އިމާރާތުގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މެންދުރުފަހު 2:47 ހާއިރު ކަމަށެވެ.

ހާދިސާގެ މައުލޫމާތު ލިބުމުން، އެ ސަރަހައްދަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން ގޮސް، މެންދުރުފަހު 3:14 ހާއިރު ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އެ ތަނަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

މިއަދު އަލިފާން ރޯވި އެ ސަރަހައްދަކީ، މިހާރުގެ އިދިކޮޅު ކޯލިޝަނުން ކުރިން ހިނގި ރުމާލު-2 ޖަގަހަވެސް ހިންގި އިމާރާތެވެ.

އެނގިފައިވާ ގޮތުގައި މިހާރު އެ ތަން ބޭނުންކުރަމުން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ އައްޑާއެއްގެ ގޮތުގައެވެ.