މާފަންނު ގެއަކުން މަރުވެފައި އޮތް ފިރިހެނަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނު ގެއެއްގައި މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 8:03 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށާއި މަރުވެފަައި އޮއްވާ ފެނުނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަަމަށެވެ.

ފުލުހުން އިތުރަށް ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަރުވެފާ އޮއްވާ މިއަދު ފެނުނު މީހާ ފެނިފާ ވަނީ މ. ހިންޓަން އިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

ކުއްލި މަރުތައް އިތުރުވަމުން އަންނަ އިރު، މާލޭގެ ގޭގޭގައި މަރުވެފައި އޮއްވާ މީހުން ފެނުން މިހާރު ވަނީ އާއްމު ކަމަކަށް ވެފައެވެ. ބައެއް ފަހަރު މިފަދަ މަރުތަކުގެ ފަހަތުގައި އޯވާޑޯޒްވުން ވެސް ވެއެވެ.