ރ. އުނގޫފާރުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކެއްގެ ހާލު ސީރިއަސްވެ، އިތުރު ފަރުވާއަށް އޭނާ މާލެ ގެނެސްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދަ ޕްރެސް" އަށް ވިދާޅުވީ، ދެ ސައިކަލެއް ޖެހި އުނގޫފާރުގައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު މެންދުރުފަހު 2:30 ހާއިރު ކަމަށެވެ.

https://www.facebook.com/UngoofaaruUfaa/photos/a.107509131676046/144597424633883/

އޭގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އުނގުފާރު ރީޖަނަލް ހޮސްޕިޓަލުގެ އިންފޮމޭޝަން އޮފިސަރު ހަސަން ފަޒީލް "ދަ ޕްރެސް" އަށް ވިދާޅުވީ، ސީރިއަސް އަނިޔާތަކާއެކު މެންދުރުފަހު 3:30 ގައި އެ ހޮސްޕިޓަލަށް މީހަކު ގެނެސްފައިވާ ކަމަށާއި، އޭނާގެ ހާލަތަށް ބެލުމަށްފަހު އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައިވާތީވެ، އޭނާ ވަނީ މާލެއަށް ފޮނުވާލާފައިވާ ކަމަށެވެ.

"ބަލިމީހާގެ ހާލަތަށް ބެލުމަށް ފަހު އިންވެސްޓިގޭޝަން ހަދާފަ އިތުރު ފަރުވާ ދިނުމަށް ޑޮކްޓަރުން ލަފާދީފައި ވާތީވެ ވަނީ މާލެ ފޮނުވާލާފައި." ފަޒީލް ވިދާޅުވިއެވެ.