ސެޓެލްކޯ އިން އއ. މާޅޮހަށް ގެންދިޔަ ސްޓެވޯ ބްރޭންޑްގެ އާ ޖަނަރޭޓަރު ސެޓާ އެކު އެ ރަށުގެ ކަރަންޓުގެ ކެޕޭސިޓީ 679 ކިލޯވޮޓަށް އިތުރުވެއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓުގެ ކެޕޭސީިޓީ އިތުރު ކުރުމަށްޓަކައި، އެރަށަށް ފޮނުވާފައިވާ 200 ކިލޯވޮޓުގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަން ކޮށް، ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މި އާ ޖަނަރޭޓަރު ސެޓާ އެކު، މާޅޮހުގެ ކަރަންޓުގެ ކެޕޭސިޓީ 479 ކިލޯވޮޓުން 679 ކިލޯވޮޓަށް ވަނީ އިތުރު ކޮށްފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯގެ ވޯކްޝޮޕް، ސްޓެވޯއިން އެސްޓީޑަބްލިއުގެ ތިން މޮޑެލެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފް ކޮށްފައި ވާއިރު އޭގެ ތެރޭގައި ހިމެނެނީ:

  • އެސްޓީޑަބްލިއު-300
  • އެސްޓީޑަބްލިއު-600
  • އެސްޓީޑަބްލިއު-800

ސްޓެލްކޯ އިން ވަނީމި މޮޑެލްތަކުގެ ޖަނަރޭޓަރު ސެޓްތަކަށް އޯޑަރު ދިނުމުގެ ފުރުސަތު ހުޅުވާލާފައެވެ.

އަދި ކޮންމެ ޖަނަރޭޓަރު ސެޓަކަަށް ވެސް ލޯކަލް ވޮރަންޓީ އާއި އާފްޓާސޭލްސް ސާވިސްގެ އިތުރުން ކަސްޓަަމަރުން ބޭނުންވެއްޖެ ހިނދެއްގައި އިންސްޓޯލް ކޮށްދިނުމުގެ ހިދުމަތް ވެސް ސްޓެވޯއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.