އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔަރުންގެ ސްޓޭޓަސް އެސްޓީއޯއަށް ލިބިއްޖެއެވެ.

އެސްޓީއޯއަށް އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔަރުންގެ ސްޓޭޓަސް ލިބުނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލާއި، ޓްރެއިނީ ޑިވެލޮޕްމަންޓްގެ ޕްލެޓިނަމް ލެވަލްގައެވެ.

އެ ކުންފުނިން ބުނީ، އޭސީސީއޭގެ ދަރިވަރުންނާއި އެފިލިއޭޓުންނާއި މެންބަރުން ވަޒީފާތަކަށް ހޯދައި ތަމްރީނުކޮށް ބޭތިއްބުމުގައި އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

އޭސީސީއޭ ގަބޫލުކުރާ އެމްޕްލޯޔާ ސްޓޭޓަސް އަކީ ބެސްޓް ޕްރެކްޓިސް ކަށަވަރުކޮށް، ކުންފުންޏެއް ނުވަތަ އޯގަނައިޒޭޝަނެއްގެ ތެރޭގައި ހަރުދަނާ ތަމްރީނާއި ތަރައްގީގެ ޕްރޮގްރާމްތައް ބަލައިގަންނަ ސްޓޭޓަސްއެކެވެ.

މި ސްޓޭޓަސް އެސްޓީއޯއަށް ލިބުމުން، އެ ކުންފުނީގައި ވަޒީފާ އަދާކުރާ އޭސީސީއޭގެ މެންބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ޝަރުތުތަކާއި ޓްރެއިނީ ޑިވެލޮޕްމަންޓްގެ ޝަރުތުތައް ފުރިހަމަވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.

މި ސްޓޭޓަސް ދާދިފަހުން އެމްޓީސީސީއަށްވެސް ވަނީ ލިބިފައެވެ.