އެޕަލް ކުންފުނިން އެންމެ ފަހުން ތައާރަފް ކުރި އެއާޕޮޑް ޖެނެރޭޝަން 3 ލިބޭ ހާއްސަ އޮފާއެއް މޫލީން ތައާރަފް ކޮށްފިއެވެ.

މޫލީން މި އޮފާ ތައާރަފް ކޮށްފައި ވަނީ މޫލީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށެވެ.

މޫލީގެ މި އޮފާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޭސްބުން އަދި އިންސްޓަގްރާމްގައި މި އޮފާއާ ބެހޭ ގޮތުން ހިއްސާކޮށްފައިވާ ޕޯސްޓަށް ލައިކެއް ދީ އަދި މޫލީގެ އެކައުންޓް ފޮލޯ ކޮށް ކޮމެންޓްގައި މަދުވެގެން ތިން އެކައުންޓެއް ޓެގްކޮށްގެން މި އޮފާގައި ބައިވެރިވެވޭނެއެވެ.

https://www.facebook.com/MooleeMv/photos/a.137663697807072/474589760781129/?type=3

މި މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެމީހަކު ބޭނުން ވަރަކަށް ކޮމެންޓް ކުރެވޭނެ ކަމަށާއި އަދި އެމީހަކު ބޭނުންވާ އަދަދަކަށް މީހުންނަށް ޓެގް ކުރެވޭނެ ކަމަށް މޫލީގެ އޮފާގައި ބުނެއެވެ. އަދި މި އޮފާ އިން ހޮވޭ ނަސީބުވެރި ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ އެއާޕޮޑް ޖެން 3 ގެ އިތުރުން މަގޭ ރާއްޖެ 2022 ގެ ކަލަންޑަރެކެވެ.

އަދި މި ޕޯސްޓް ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓްގެ ސްޓޯރީއަށް ލުމަށް ވެސް އުރީދޫ މޯލްޑިވްސް އިން އެދިފައި ވެއެވެ.

އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްލަ ދޭ ޕްލެޓްފޯމެކެވެ. އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރު ކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވާ ކޮށްދިނުން މޫލީގައި ހިމެނެއެވެ.