ބ. އޭދަފުށްޓާއި، ކ. ގުރައިދޫ އަނެއްކާވެސް މޮނިޓަރިންނަށް ލައިފިއެވެ.

އޭދަފުށްޓާއި ގުރައިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އިއްޔެއެވެ.

އެހެންކަމުން، މިހާރު މޮނިޓަރިންގެ ހާލަތުގައި 14 ރަށެއް އެބައޮތެވެ. އޭގެ ތެރެއިން 12 ރަށެއް މިމަހު މޮނިޓަރިންނަށް ލާފައިވާއިރު، ބާކީ ދެ ރަށް މޮނިޓަރިންނަށް ލާފައިވަނީ މިދިޔަ މަހުގައެވެ.

މިދިޔަ މަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް

  • ކ. މާފުށި
  • ހއ. އިހަވަންދޫ

މިމަހު މޮނިޓަރިންނަށް ލާފައިވާ ރަށްތައް

  • ހދ. ނެއްލައިދޫ
  • ލ. ފޮނަދޫ
  • ހދ. ނޮޅިވަރަމްފަރު
  • ށ. ފުނަދޫ
  • ބ. ދަރަވަންދޫ
  • ދ. ބަނޑިދޫ
  • ލ. ގަން
  • ގދ. ގައްދޫ
  • ރ. އުނގޫފާރު
  • ހދ. ހަނިމާދޫ
  • ކ. ގުރައިދޫ
  • ބ. އޭދަފުށި

މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންގެ ހާލަތުގައި އޮތީ މާފުށްޓެވެ. މިދިޔަ މަހުގެ 30 ގައި މާފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، މިއަދަށް 20 ދުވަސް ވާނެއެވެ.

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު، އިއްޔެވެސް 2،137 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން ރަށްރަށުން 547 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެކްޓިވް ކޭސްތައްވެސް ވަނީ 9،500 އަށް އަރައިފައެވެ.