ރޭ ހިނގި ސައިކަލު އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް އޮފް ބެލެންސްވެ ވެއްޓިގެން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ރޭ 8 ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 21 އަހަރުގެ ޒުވާނަކަށް އަނިޔާވެ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އަދި ފަރުވާ ދެމުން ދަނިކޮށް އޭނާ ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި މި ކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށް ބުނެއެވެ.

މިހާދިސާގައި މަރުވެފައި ވަނީ ސ. ހުޅުދޫ، ސޯސަންގެ، މުހައްމަދު ހައިކަލް އިސްމާއީލް އެވެ. މިރޭ 11:00 ގައި އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އާސަހަރާ މިސްކިތުގައި އޮންނާނެއެވެ.