ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރުވެފައި އޮއްވާ ރޭގެ ވަގުތެއްގައި ރޯވި މޯލްޑިވިއަން ފްލައިޓުގައި ތިބި ފަސިންޖަރުން މާލެ ގެނެސްފިއެވެ

އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ރޭ 7:40 ހާއިރު ފުރަން ތައްޔާރުވެފައި އޮތް ފްލައިޓެއްގައި މީހުން ފްލައިޓުގައި ތިއްބައެވެ.

މޯލްޑިވިއަނުން ރޭ އިތުރަށް ބުނީ، އެ ހާދިސާ ހިނގުމާއެކު ވަގުތުން މީހުން ބާލައި ބޭނުންކުރާ ސާމާނު ރަންވޭއަށް ހުސްކުރި ކަމަށާއި އެއާޕޯޓްގެ ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަގުތުން މަތިންދާ ބޯޓަށް އެޓެންޑުވި ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން، މޯލްޑިވިއަނުން ބުނީ ރޭގެ ވަގުތެއްގައި ހުރިހާ ފަސިންޖަރުން މާލެ ގެނެސްފައިވާ ކަމަށާއި، މި ހާދިސާ ހިނގިގޮތް އިތުރަށް ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެ ހާދިސާގައި އެވަގުތު އެ ފްލައިޓުގައި ތިބި 35 ފަސިންޖަރުންނަށްނާއި ކްރޫއަށް އެއްވެސް ގެއްލުމެއް ނުވެއެވެ. ނަމަވެސް، އެ ފްލައިޓްގެ ކޯ-ޕައިލަޓް ފަޅީގެ ކުޑަދޮރު ތަޅައިގެން ދިޔަ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.