ށ. ކޮމަންޑޫ ކައިރީގައި އޮތް ތިން ރަށެއްގައި ރިސޯޓު ހަދަން ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކޮށްފިއެވެ.
އިއްޔެ ކުރި އިރުލާނުގައި ބުނެފައި ވަނީ، ބިޑް ޑޮކިއުމެންޓަށް ހުށަހެޅި އިސްލާހުގައި ރިސޯޓު ހަދަން ތިން ރަށެއް އިތުރު ކޮށްފައިވާ ކަމަށާއި އެއީ ށ. މެދުރަށާއި ދިގުރަށް އަދި މައިރަށް ކަމަށެވެ. މިއީ ޖުމްލަ 1.2 މިލިއަން ރުފިޔާއަށް ދޫކުރަން ނިންމާފައިވާ ރަށްތަކެއް ކަމަށާއި އެ ތިން ރަށުގެ ބޮޑު މިނުގައި 19 ހެކްޓަރު ހުންނާނެ ކަމަށް ޓޫރިޒަމުން ބުނެއެވެ.
ށ. އަތޮޅުގެ ތިން ރަށެއް ރިސޯޓަކަށް ހަދަން އިއުލާނު ކުރި އިރު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވެސް ސަރުކާރުން ވަނީ 10 އަތޮޅަކުން 18 ރަށެއްގައި ރިސޯޓު ހަދަން ހުޅުވާލައި އެ ރަށްތައް ވިއްކަން ބޮޑު ހަރަދު ކޮށްގެން ދުބާއީގައި ބޮޑު ޝޯއެއްވެސް ބާއްވާފައެވެ. ނަމަވެސް އެޝޯގައި އެތަނުން އެންމެ ރަށެއްވެސް ވިކިފައި ނުވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އިއްޔެ ކުރި އިއުލާންގައި އެ ތަންތަން ގަތުމަށް ދައްކަން ޖެހޭ އަގުތައް ވަނީ އާންމު ކޮށްފައެވެ.
އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެއެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނު ކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ ވަރަށް ވެސް ޕޮއިންޓް ދޭނެއެވެ.
ށ. އަތޮޅުގެ ތިން ރަށެއްގައި ރިސޯޓު ހަދަން ސަރުކާރުން ނިންމި އިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައިި އިލެކްޝަން އަންނަ މަހުގެ 5 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ. އެމްޑީޕީގެ ކެންޑިޑޭޓަކު ބައި އިލެކްޝަންގައި ވާދަ ކުރާއިރު، އެ އިންތިހާބާ ދިމާކޮށް ސަރުކާރުން އަންނަނީ ށ. އަތޮޅުގެ އެ ދާއިރާ (ކޮމަންޑޫ) ގެ ތަރައްގީއަށް ކަމަށް ބުނެ ގިނަ އަދަދެއްގެ މަޝްރޫއުތައް އިއުލާނު ކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ކުރަމުންނެވެ.
އިންތިހާބާ ދިމާކޮށް އިދިކޮޅުން ވެސް ފޯރީގައި ކެމްޕެއިން ކުރަމުން އަންނަ މި ދުވަސްވަރު ސަރުކާރުން ކޮމަންޑޫ ދާއިރާގައި އާ މަޝްރޫއުތައް ފަށަން އިއުލާން ކުރަމުންދާތީ އިދިކޮޅު ކެންޑިޑޭޓުން ކުރިމަތިލާފައިވާ ޕާޓީތަކުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިދިކޮޅު ޕީޕީއެމް އަދި އެމްއެންޕީން ވެސް ބުނަނީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ހިންގާ އަމަލެއް ކަމަށެވެ.
ޔާމީނު ހެދިހެން އަޑިއަޑިން ލާރިކޮޅު އެކައުންޓަށް މީހަކު މެދުވެރިކޮށް ނުލާތި.