ވެލިކަޑަ ޖަލުގައި 2012 ވަނަ އަހަރު ހިންގި ހަމަނުޖެހުންތަކުގައި 27 ގައިދީއަކު މަރުވި މައްސަލާގައި، ސްރީލަންކާގެ ކުރީގެ ޕްރިޒަންސް ކޮމިޝަނަރު އެމީލް ރަންޖަން ލަމަހީވާ މެރުމަށް، ކޮލަމްބޯ ހައިކޯޓުން ހުކުމް ކޮށްފިއެވެ.

ނަމަވެސް، މި މައްސަލާގައި ކުރީގެ އިންސްޕެކްޓާ އޮފް ޕޮލީސް ނާކޮޓިކްސް ބިއުރޯ، ނިއޮމަލް ރަންގަޖީވާއާ ދެކޮޅަށް އުފުލި ހުރިހާ ދައުވާއެއް، އެ ކޯޓުން ވަނީ ބޭރުކޮށްލާފައެވެ.

ނޮވެމްބަރު 9، 2012 ވަނަ ދުވަހުގެ ހާދިސާގައި ފިލުހުންގެ ހާއްސަ ޓާސްކް ފޯސް (އެސްޓީއެފް) އިން ވެލިކަޑަ ޖަލަށް ވަދެ، ގައިދީންގެ އަތުގައި ހުރި ޣައިރު ގާނޫނީ ތަކެތި އަތުލުމަށް ހާއްސަ އޮޕަރޭޝަނެއް ފެށިއެވެ. ބަލާ ފާސް ކުރުމުގެ އޮޕަރޭޝަންގެ ތެރޭގައި، ފުލުހުންގެ އާމަރީ ތެރެއަށް ގައިދީންތަކެއް ވަދެގަނެ، ހަތިޔާރުތަކެއް ނެގި ހިސާބުން ކުރިމަތިލުމަކަށް ދިޔައެވެ.

ބަންޑާރަނައިބުގެ ފަރާތުން ހުށަހެޅި ބަޔާނުގައި، ޖަލުގައި ހިންގަމުން ދިޔަ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށްޓަކާ ލަންކާ އަސްކަރިއްޔާގެ 3 ޑިވިޝަނެއް ވަނީ ނެރެފައެވެ.

ކުރިމަތިލުންތަކުގައި 27 ގައިދީއެއްގެ ފުރާނަ ގެއްލި، އިތުރު ބަޔަކު ޒަހަމްވިއެވެ.