ރާއްޖޭގެ ކަޅު ބާޒާރުގައި ބޭރުފައިސާ ގަނެ، ވިއްކާ ބިދޭސީއަކު ފައިސާ ޖަމާކުރަނިކޮށް ހައްޔަރު ކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ބަންގްލާދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ މަނިކް މިއާ (28)އ އެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ތުހުމަތެވެ.
އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.
ގަވާއިދާ ހިލާފަށް ބޭރުފައިސާގެ މުއާމަލާތް ކޮށް، ސައްހަނޫން ލިޔެކިޔުން ބޭނުން ކޮށްގެން ފައިސާ، ރާއްޖެއިން ބޭރުކުރާ މައްސަލައިގައި ދާދި ފަހުން 4 ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.
މި މައްސަލާގައި ޑީޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝްގެ ރޮބީއުﷲ އާއި މުހައްމަދު ފިރުދައުސް އާއި މުހައްމަދު އިގްބާލު ހޮސައިން އަދި ޝޮހެލްއެވެ. އެ ހަތަރު މީހުން ރާއްޖެ ނާދެވޭ ގޮތަށް ޑާކާއަށް ފޮނުވާލާފައި ވަނީ މިދިޔަމަހު 10 ވަނަ ދުވަހުއެވެ.
ދިވެހިން ވައިބާރ ގުރޫޕްތައް ހަދައިގެން ޑޮލަރުގެ ވަގުވިޔަފާރި ކުރާއިރު އެކަމާ އަޅާ ނުލަނީ ސަރުކާރައް ނިސްބަތް ވާމީހުންނާ ފުލުހުންގެ ބަޔަކު ހިމެނޭ ތީވެ ހަމަ އެފަދައިން ސޯސަލްމީޑިޔާގެ އެކި ޕްލެޓްފޯމް ތަކުގަ ޑިލްޑޯ އާ އެކިކަހަލަ ޖިންސީ އެދުން ފުއްދަން ބޭނުން ކުރާ އާލައިތަ ވިއްކަމުން ދޭ މިކަން ކުރަނީ ކަސްޓަމް އޮފްސަރުން މީހުންގެންނަ އެފަދަ އާލައިތަ މަނާތަކެތީގެ ގޮތުގައި ނަގާ ކަސްޓަމުން އެތަކެތި ނައްތާނުލާ ސޯސިލްމީޑިޔާގަ ގުރޫޕްތަ ހަދައިގެން ވިއްކަމުން ދަނީ މިފަދަ ކަންކަމުގެ މުގުލުގައި ތިބީ ވެސް މިފަދަ ކަންކަން ހުޓުވަން ތިބިމީހުން