ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ފުލުހަކު ހިމެނޭހެން ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުންވެސް ހައްޔަރު ކޮށްފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށާއި ހައްޔަރު ކޮށްފައި ވަނީ 28 އަހަރާ 65 އަހަރާ ދެމެދުގެ ފިރިހެނުން ކަމަށެވެ. އަދި އޭގެ ތެރޭގައި ބިދޭސީއަކާއި ފުލުހެއް ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާތީވެ ހައްޔަރުކުރި ފުލުހުސް މީހާ މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.
މައްސަލާގައި ހިމެނޭ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުުމުން ދެ މީހަކަށް 15 ދުވަސް އަދި ދެންތިބި ދެ މީހުންނަށް 10 ދުވަސް ވަނީ ޖަހާފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.