ކ. ރަންނާޅި ރިސޯޓު ކައިރި ފަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖު ފުންކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ޖެނުއަރީ 6 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ރަންނާޅި ރިސޯޓު ކައިރިން ފަރަށްއެރި އެފްއެސްއެމްގެ "މެކުނު" ބާޖު މިއަދުގެ މެންދުރުފަހު 16:45 ގައި ވަނީ ފުންކޮށްފައިވާ ކަމަށެވެ.

ދިގުމިނުގައި 24 މީޓަރު ހުރި އެ ބާޖު ފުންކުރުމުގެ މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދުފަހަރު ހަރަކާތްތެރިވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައިވެސް އެފްއެސްއެމްގެ ތެޔޮ ބާޖެއް ވަނީ ކާށިދޫ ހުޅަނގު ފަރާތަށް ފަރަށް އަރާފައެވެ. އެ ފަހަރު ފަރަށް އެރީ އެފްއެސްއެމްގެ "މާތޮޅި" ނަމަކަށް ކިޔާ 100 ފޫޓު ހުންނަ ތެޔޮ ބާޖެކެވެ.