ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 11 ދައުވާ އުފުލާފައިވާ މުހައްމަދު މަސާއިދު ބިން ސަމީއު (37 އ)ގެ ބަންދު ދަމަހައްޓައިފިއެވެ.
މަސާއިދު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އިރު މިއަދު ވަނީ އޭނާގެ ބަންދު މުރާޖައާ ކުރަން އަޑުއެހުމެއް ބާއްވާފައެވެ. ސިއްރުކޮށްގެން ކުރިއަށް ދިޔަ މި މައްސަލައިގައި އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އޭނާގެ ބަންދު މުރާޖައާކޮށް، އޭނާ ބަންދު ކުރުމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ނިންމަވާފައެވެ.
އޭނާއަށް ދައުވާ އުފުލާފައި ވަނީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާ، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށް ފަހު އެކި މީހުންގެ ޒާތީ މައުލޫމާތާ އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށް ފަހު ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައެވެ.
މަސާއިދުގެ މައްޗަށް އުފުލާފައި ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 ދައުވާ އާއި އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 ދައުވާ އާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ވެސް ވަނީ މަސާއިދުގެ މައްޗަށް އުފުލާފައެވެ.
މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލާފައެވެ. އެހެންނަމަވެސް އޭނާ މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލާފައެވެ. މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ގެ ފަރާތުން އޮފިސަރ އިންޗާޖް ކަޑައެޅިގެން ފުރަތަމަ ދުވަހު ދޮގުހެދީ ފަޑިޔާރަށް އޮޅުވާލާ، މަސާއިދުއަކީ ކުށުގެ ރެކޯޑް އޮތް މީހެއްކަން ދައްކާށެވެ. މަސާއިދުގެ ލޯޔަރ ބުނާގޮތުގައި މަސާއިދަކީ ދުވަހަކުވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ނުވަތަ ބަޔާންނަގާ ނުވަތަ ސުވާލުކޮށްފައިވާ މީހެއްނޫނެވެ. އެހެންކަމުން ފުލުހުން ހެދި ދޮގު ފުލުހުން ރަގަޅުކުރަން ޖެހެއެވެ. އަދި ދަޕްރެސް އިންވެސް ފުލުހުންނާ ސުވާލުކޮށް ޔަޤީންކުރަން ޖެހެއެވެ. މީހެއްގެ ނުވަތަ ބައެއްގެ އޮރިޔާން ލީކުކުރުމަކީ ގޯހެކެވެ. އަދި އެބަޔަކު އޮރިޔާން ފޮޓޯއާއި ވީޑިޔޯ ނެގުމަކީވެސް ގޯހެެކެވެ. އަދި ކައިވެނިން ބޭރުން ދެމީހުން ގުޅުން ހިންގާ ފޮޓޯ ނެގުމާއި ވީޑިޔޯ ކުރުންވެސް ގޯހެވެ. އެތަކެތި ލީކުވީ އެތަކެތި އެބަޔަކު އަމިއްލައަށް އުފެއްދީމައެވެ. މިފަދަ ކަންކަމުން އެންމެން ދުރުހެލިވާންޖެހެއެވެ.