އޮންލައިން ނޫސް "ވަގުތު" ގެ ޗީފް އެޑިޓަރު މުޝައްރަފު ހަސަން ދޫކޮށްލީ، އިންޑިއާގެ ދިއްލީ އެއާޕޯޓުގައި 3 ގަޑިއެއް ހާއިރު ހިފެހެއްޓުމަށް ފަހު ކަމަށް އޭނާގެ ގާތް މީހަކު މައުލޫމާތު ދީފިއެވެ.

މިކަމާ ގުޅިގެން ރަސްމީ އިދާރާތަކުން ސަބަބު ހާމަ ނުކުރިނަމަވެސް، މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި މުޝައްރަފް ދިއްލީ އެއާޕޯޓުން ހިފެހެއްޓީ އިންޑިއާއަށް ހެޔޮ އެދޭ މީހެއް ނޫން ކަމަށް ބަލާފައެވެ.

މީގެ އިތުރުން މުޝައްރަފު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ ދިއުމަށް ބުނި ކަމަށާއި ޑީޕޯޓު ކޮށްލަން މަސައްކަތް ކުރި ކަަމަށް މައުލޫމާތު ވަނީ ލިބިފައެވެ. އަދި މުޝައްރަފާއެކު ދިޔަ ޓީމުގެ އެހެން މީހުންނަށް އިންޑިޔާއަށް އެތެރެވުމަށް ފުރުސަތު ދިން ކަމަށްވެސް މައުލޫމާތު ލިބުނެވެ.

މުޝައްރަފު 3 ގަޑިއެއްހާ އިރު ހިފެހެއްޓުމަށް ފަހު ދޫކޮށްލީ އެއާޕޯޓުގެ ކަމާބެހޭ ފަރާތްތަކުން އޭނާއާ ބެހޭ ގޮތުން "ރިވިއު" ކުރުމަށް ފަހު ކަމަށްވެސް ވަނީ އެނގިފައެވެ.

މިވަގުތު މުޝައްރަފު ހުރީ ދިއްލީގައެވެ.