ހދ. ނެއްލައިދޫ އަދި ނ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައި ވަނީ މިދިޔަ މަހު 30 ވަނަ ދުވަހު ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 103 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1812 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ނެއްލައިދޫ ބަނދަރު / ފޮޓޯ: އެމްޓީސީސީ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ގެ އަގަކީ 55.4 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ ލަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިއްމާފައި ވަނީ އިއްޔެ ކަމަށެވެ.

މި މަޝްރޫއުުގެ ދަށުން، 227 މީޓަރުގެ އެއްގަމު ތޮށި ލުމާއި، 387 މީޓަރުގެ ބޭރުތޮށި ލުމާއި، 73 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 80 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި، ޖުމްލަ 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން، ރޭމްޕެއް ހެދުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ގެ އަގަކީ 35.60 މިލިއަން ރުފިޔާއެވެ.