ހުޅުމާލޭގައި ސުވިމިން ޕޫލަކަށް ވެއްޓި 4 އަހަރު ކުއްޖަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ އޯޝަން ފްރަންޓް ރެސިޑެންސް ސުވީމިން ޕޫލަށް 4 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ ރިޕޯޓު މިއަދު ހަވީރު 5:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ 5:40 ހާއިރު އެ ކުއްޖާ މަރުވެފައިވާ ކަމަށް އެ ހުޅުމާލެ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންކަމަށެވެ.