މަސްތުވާތަކެތީގެ ވިޔަފާރި ނެޓްވޯކުތަކާއި، އެ ވިޔަފާރި ނެޓްވޯކްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ސިޔާސީ މީހުންނާއި އެ ނެޓްވޯކްތަކާ އޮންނަ ގުޅުން ކަނޑުވާލުމަށްޓަކައި ރައްޔިތުންގެ އެހީތެރިކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފިއެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގަނެފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށްޓަކައި މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކޮށް އެތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށާއި، ދެން އޮތީ ރައްޔިތުންގެ ޒިންމާ ކަމަށެވެ.

ރައްޔިތުން އެބަ ދެނެގަންނަން ޖެހޭ ކޮން ބައެއްކަން މިކަމުގެ ތެރޭގައި އުޅެނީ. ރައްޔިތުން އެބަ ފާހަގަކުރަން ޖެހޭ މިކަމާ ކޮން ބައެއްކަން އުޅެނީ. ކޮން ބައެއްގެ ސަބަބުންކަން މުޅި ދައުލަތާ ރައްޔިތުންނަށް މިވަރުގެ ގެއްލުމެއް ލިބެނީ."
އިމްރާން

މިނިސްޓަރު ވިދާޅުވީ، ފުލުހުން މައްސަލަތައް ތަހުގީގުކޮށް ކޯޓަށް ގެންދާ ކަމަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ މީހުންނާއި، ސިޔާސީ ފަރާތްތަކަށް ސަމާލުވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ހަމަ އެހެންމެ، މަސްތުވާތަކެތީގެ މައްސަލައިގެ ނާޖާއިޒު ފައިދާ ނަގާ ވިޔަފާރި ނެޓްވޯކްތައް އެބަތިބި ކަމަަށާއި، އެކަން ކުރާ މީހުން ދެނެގަނެގެން ނޫނީ މި މައްސަލައަށް އެދެވޭ ހައްލެއް ނުލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.