ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލާފައިވާ ހިޔާ ފްލެޓްގެ ގްރޭސް ޕީރިއަޑު، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިތުރު ކޮށްދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ، މިރޭ ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ކުރިއަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލު ކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައި ކުލި ނުނަގައި އިތުރު ތިން މަސް ދުވަސް ފްލެޓްތަކުގެ ވެރިންނަށް ދޭން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކުރެއްވިއެވެ.
ޖެނުއަރީ މަހުން ފެށިގެން އިތުރު ތިން މަސް ގްރޭސް ޕީރިއަޑް އިތުރު ކުރުމަށް ސަރުކާރުން ނިންމި އިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި ދޭން ނިންމާފައިވާ ގްރޭސް ޕީރިއަޑް މީގެ ކުރިންވެސް އެޗްޑީސީން ވަނީ ތިން މަހުން ހަތަރު މަހަށް އިތުރު ކޮށްދީފައެވެ.
ހިޔާ ފްލެޓްގައި ދިރުއުޅޭ ފަރާތްތަކުން އަންނަނީ ފްލެޓްގެ ކުލި ބޮޑުކަމާއި އަދި ގްރޭސް ޕީރިއަޑަށް ދިން މުއްދަތު ކުޑަކަމުން އެ މުއްދަތު އިތުރު ކުރުމަށް އެދި މިދިޔަ ހުކުރު ދުވަހު އިހުތިޖާޖު ކޮށްފައެވެ. އަދި އަންނަ ހުކުރު ދުވަހު ވެސް މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަޑު އުފުލުމަށް އިހުތިޖާޖު ކުރުމަށް ހިޔާ ޔޫނިއަނުން ވަނީ ނިންމާފައެވެ. އަދި ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ނުވާތީ، ފިނިޝިންއަށް ހަރަދުވާ ވަރުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށް ވެސް އެމީހުން ވަނީ އެދިފައެވެ.
ނިކަމެތި ރައްޔިތުންނާއި ގުޅުން ހުރި ކަންކަން ކުރަން ސަރުކާރަށް މިއެގެނީ އެއީ ރައްޔިތުން ހަނާވެ އެމެން ގެ ހަންދާ ފަހުންނޭ އެކަަމަކު ކެނެރީގެ ނަޝީދު ހުންނަވަން މާލޭގެ މުރައިދޫގެ ހަދާ އެތަނަށް ދުވާލަކު 50 މިލިއަން ރުފިޔާ ޚަރަދުކުރަނީ އެއީ ސީދާ ކުރާ ވައްކަމެކޭ އެކަން ކުރަން ޖެހޭނީ މަޖްލީހުން ފާސްކުރާ ގާނޫނަކުން ނޫނޭ އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމަށް ނަގައިގެންނޭ އަދި ވޯޓްލާ މީހުންގެ %95 އެކަމަށް ތާއީދު ކޮށްގެންނޭ ކެނެރީގެ ނަޝީދުގެ އަމާބަފާ ތަރިކަމުދަލެއް ނޫނޭ ދައުލަތުގެ ޚަޒާނާއަކީ..
ހިޔާ ފްލެޓްތަކުން ކުލި ނެގުން ފަސްކުރަން ރައީސް ނިންމަވައިފި ނަމަ މިއިން އެގިގެންދާ އެއްޗަކީ މިސަރުކާރަކީ އެއީ މާލެ ސަރަހައްދުގެ ރައްޔިތުންނާއި ޖައްސާލައިގެން އުޅޭ ސަރުކާރެއް ކަން ތިޔާ ހިޔާ ފްލެޓްސް ތައް ނިންމަން ރައީސް ޔާމީން ނަންގަވާފައިވާ 45 މިލިއަން ޑޮލަރު އޮޅާލީ މިސަރުކާރުން އުނގުން ވިސްނައިގެންނޭ ދެން ރަސްފަންނުގައި ކުރަމުން އައި 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ވެސް އަސްލަންޓޭ މެން އޮޅާލީ އެއީ ހަސަދަވެރިކަން ކުރިއަށް ނެރެގެންނޭ ރައީސް އިބޫ އަށް ނޭގެއޭ މާލެ ސަރަހައްދުގައި ވެރިކަން ކުރަން ލަދުހަޔާތް ކޮބައިތޭ..