މާލޭ ގެއަކުން ވައްކަން ކުރަން އުޅުނު މީހަކު ވައިގޮޅިއަށް ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ މީހާ ވެއްޓިފާ ވަނީ މާފަންނުގެ ގެއަކުން ވައްކަން ކުރަނިކޮށް ރޭގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އުމުރުން 41 އަހަރުގެ ދިވެހި ފިރިހެނަކު ވައްކަން ކުރަން އުޅެނިކޮށް، ގެއެއްގެ ވައިގޮޅިއަށް ވެއްޓުނު ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 2:54 ހާއިރު ލިބުނު ކަމަށެވެ. އެހެން ނަމަވެސް އެއްވެސް އަނިޔާއެއް ނުވެ އެ މީހާ ސަލާމަތް ވެފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަލު ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަލު އިތުރަށް ވިދާޅުވީ އެ މީހާ މިހާރު ފުލުހުން ހައްޔަރު ކޮށްފައި ވާ ކަމަށާއި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.