އަންހެން ދަރިފުޅަށް ވަލީ ނުދޭން ވެގެން ފިލައިގެން އުޅޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އއ. ރަސްދޫގެ މެޖިސްޓްރޭޓް ކޯޓަށްް ހުށަހަޅާފައިވާ މި މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިކުރަން ބޭނުންވެފައިވާ، ނަމަވެސް ހާޒިރުނުކުރެވުމުން ފުލުހުން ހޯދަމުން ދަނީ އެ އަތޮޅު ތޮއްޑޫ، ޗާންދަނީމާގެ، ހަސަން ވަހީދު (40އ) އެވެ.

ފުލުހުން ބުނީ، ހަސަން ވަހީދު ހޯދަމުން ދަނީ ރަސްދޫގެ ކޯޓަށް ހުށަހަޅާފައިވާ ވަލީ ހޯދުމުގެ މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ހާޒިރުކޮށްދިނުމަށް އެދި ފުލުހުންނަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

އެހެންކަމުން ހަސަން ވަހީދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ހުރިނަމަ ފުލުހުންނާ ގުޅައިގެން މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.