އަވަށްޓެރި އިންޑިއާއާ ގުޅޭގޮތުން "ދޮގު ވާހަކަ" ނުފަތުރަން ސަރުކާރުން އިދިކޮޅު ކޯލިޝަނަށް ގޮވާލައިފިއެވެ.
"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ކޯލިޝަނުން އަންނަނީ މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތައް ހިންގަމުންނެވެ. މިނިވަންވެ ވަޑައިގަތް ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ގެންދަވަނީ އެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއާ އެންމެ ގާތް އަވަށްޓެރި ގައުމު ކަމަށްވާ އިންޑިއާއާ މެދު ނަފްރަތު އުފެއްދުމުގެ ގޮތުން އާންމުންގެ ތެރެއިން މަދު ބަޔަކާއި ސިޔާސީ ބައެއް ފަރާތްތައް ގުޅިގެން ދޮގު ވާހަކަތައް ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރާއްޖޭގައި ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ފުރިހަމައަށް ދީފައިވީ ނަމަވެސް އެކަންކަމުގެ ބޭނުން ހިފަން ވާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުތަކުގެ ތެރެއިން ވަކި ހުދޫދެއްގެ ތެރޭގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން އިތުރަށް ބުނީ އިންޑިއާއާ ގުޅޭގޮތުން ދޮގު ވާހަކަ ފަތުރައި އަދި އެ ގައުމުތަކާ މެދު ނަފްރަތު އުފެއްދުމަކީ އެގައުމުތަކާ ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. އަދި އެގައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް ވެސް ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖެއިން ބޭރުގެ ގައުމުތަކާ ގުޅުން ބަދަހިކުރި ނަމަވެސް އެ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށް ބުރޫނާރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ވަނީ އިންޑިއާއާ ގުޅޭގޮތުން ފަތުރަމުންދާ ސަައްހަ ނޫން މައުލޫމާތުތައް ފެތުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އެ މައުލޫމާތުތައް ފަތުރާ ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންނަށް ގޮވާލައިފައެވެ.
އިންޑިޔާގެ ގުޅުމުން ނުރައްކަލެއް ނެތް، ވާނީ ފައިދާ ކަމަށް މިސަރުކާރުން ބުނާނަމަ ދެން ސަރުކާރުން ކިއެއްވެތެ އުތުރު ތިލަފަޅު އެއްބަސްވުން މަޖްލީހުގެ ރައީސް ދައްކާށޭ ބުނުމުން އެވެސް ނުދައްކާ އަދި މަޖްލީހަށް ނުފޮނުވާ އަންބޮނޑި ދަށަށް ޖަހައިގެން ޑިފެންސް މިނިސްޓަރު މާރިޔާ ހުންނަވަނީ އެ އެއްބަސްވުން ސަރުކާރުގެ ގެެޒެޓް ގައި ޝާއިއު ކުރަންވީ ނޫންތޭ އެ އެއްބަސްވުމަކީ އެއީ މާރިޔާގެ މައިންބަފައިންގެ ތަރިކަ މުދަލެއް ނޫނޭ އެއީ ރައްޔިތުންގެ އެއްބަސްވުމެކޭ އެ ދައްކާށޭ ދައްކާށޭ ދައްކާށޭ ދައްކާށޭ ދައްކާށޭ