މާލޭގެ ފެނުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރެވިއްޖެ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީއިން ބުނީ ފެން ޑިސްޓްރިބިއުޝަން ގެ މައި ނެޓްވޯކް މަރާމާތު ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ހިދުމަތްތައް މިހާރު ވަނީ އާންމު ހާލަތަށް ގެނެވިފައި ކަމަށެވެ. އަދި ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް އެކުންފުނިން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.
މައި ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތްތައް މިއަދު ހެނދުނު ކުރި އިރު ފެން ލިބުމުގައި ދަތިތަކާ ކުރިމަތިވިއެވެ.