ބ. އަތޮޅުގައި އޮންނަ ވައްކަރު މޯލްޑިވްސް ރިސޯޓުގެ ލެގޫން ބާއެއް ގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ، އެ ހާދިސާ ހިނގިކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ފޮޓޯތަކުން ފެންނަގޮތުން އެ ރިސޯޓުގެ ލެގޫން ބާގައި ވަނީ ވަރަށް ބޮޑަށް ހުޅު ހިފާފައެވެ.

މި ހާދިސާ އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.