ހުޅުމާލެއިން 91 ޕެކެޓް މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ. ފާއިތުވީ 2 ދުވަސް ތެރޭ އަތުލި އަދަދު 119 ކިލޯ އަށް އަރައެވެ.
ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (ސީޕީ) ވިދާޅުވީ ވޭރުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހިނގި ހާއްސަ އޮޕަރޭޝަނުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޝައްކުކުރެވޭ 91 ޕެކެޓް ފެނިފައިވާ ކަމަށެވެ.ސީޕީ ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން ހިނގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހޯދި 28 ޕެކެޓް މަސްތުވާތަކެއްޗާ އެކު ޖުމްލަ އަދަދު 119 އަށް އަރާފައި ވާއިރު އަންދާޒާކުރެވޭ ގޮތުން އޭގާ 119 ކިލޯ ހުންނާނެ ކަމަށެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން މަސްތުވާތަކެތީގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ މައްޗަން ގޮޅީ ސަހަރާއާ ވީ ހިސާބުގައި މާފަތްތަކުރުފާނު މަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިންނެވެ. އަދި AB1A T8977 ނަންބަރު ދެ ޓެކްސީ ހުއްޓުވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.
މި އިން އެއްވެސް އޮޕަރޭޝަނެއްގައި އެއްވެސް މީހަކު ހައްޔަރު ކުރިކަން އަދި ކަށަވަރެއް ނުވެއެވެ.
ތިއިން އެއްޗަކާ ހަވާލުވާނެ މީހަކު ވާނެތޯ. ދުވަހަކު ހެއްކެއް ހުރިކަމަކަށް ނުވާނެ. އިޖުރާތު ފުރިހަމައެއް ނުވާނެ.
އެންމެ އަވަހަށް ގައުމު ވީރާނާ ކުރެވޭނީ ތިޔަ ގޮތަށް.ރާޑަރު ވެސް ބަހައްޓަންވާނެ.