މި ސަރަހައްދުގެ އެއްގަމާއި ކަނޑާއި ވައިގެ މަގުން ބެލެހެއްޓޭނެ ވަރުގެ މަދަދެއް އިންޑިއާއިން ދިނުމަކީ ކުށްވެރިންނަށް ކެތްވާ ވަރުގެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، މި އަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ކ. ގާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައިސް ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަކީ މަސްދޯންޏަކަށް ވުރެ ޑްރަގް ބޯޓު ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށާއި އެ ކަންކަމުން ރައްކާތެރިވުމަށް ރާއްޖެއާއި އަވަށްޓެރި ގައުމުތަކުން މަދަދު ލިބުމަކީ ކުށްވެރިންނަށް ކެތް ވާނެ ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމް އަދި ޕީއެންސީން ބާއްވާ ޖަލްސާތަކުގައި ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލާތީ، އެކަމަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރާއި ކާރޫބާރޫގެ ތެރެއިން ނުރައްކާތެރި އުދަބާންޏެއް ރާއްޖޭގެ ހުރަހަށާއި ދިގަށް ހިނގާ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ބޮޑެތި ޑްރަގް ނެޓްވޯކުތަކުން ހަރަކާތްތެރި ވަމުން ދާ ކަމަށާއި ޓެރަރިޒަމާއި ވަގު ވިޔަފާރި އާއި ހަތިޔާރުގެ ޣައިރު ގާނޫނީ މުއާމަލާތްތައް ހިންގާ ފަރާތްތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވެސް ހަރަކާތްތެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެއްޓުމަށްޓަކައި އަވައްޓެރި ގައުމުތަކާ ގުޅުން ބަދަހި ކުރަންޖހޭ ކަމަށާއި އެކަންކަން ކުރުމަކީ އެފަދަ ކުށްވެރިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދާދިފަހުން ވެސް ރާއްޖެއަށް ކަނޑުމަގުން އެތރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އިންޑިއާ ސިފައިންގެ އެހީތެރިކަމާ އެކުގައެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ރާއްޖޭގައި ބަޔަކު "އިންޑިޔާ އައުޓް" ކެމްޕޭން ހިންގަމުން ދަނީ ރާއްޖެ ސަރަހައްދުގެ ސަލާމަތީ ކަންކަން އިންޑިޔާ އިން ބަލަހައްޓައި ގާނޫނާ ހިލާފު ކަންކަން ހުއްޓުވާތީ ކަމަށް ވިދާޅުވެފައެވެ.
ރޭ ޕީޕީއެމްއިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވެސް ވަނީ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންނާ ދެކޮޅަށް އަޑު އުފުލާފައި އިންޑިއާ މިލިޓަރީ އައުޓް ގޮވާފައެވެ. އަދި އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން ވަނީ އިންޑިއާ ސިފައިން ފައިބަން ޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ރޭވެސް ތަކުރާރު ކުރައްވާފައެވެ.
މީރާ އިން ރައްޔިތުން ފެލަން ވެގެން އެމްޑީީޕީ އިން 2010 ވަނަ އަަހަރު ހަދާފައިވާ ޓެކްސް އާއި ބެހޭ ގާނޫނަކީ އެއީ ސީދާ ދީނާއި ވެސް ޚިލާފު ގާނޫނެކޭ ދީނުގައި ވެސް ޒަކާތް ދޭން އޮންނަނީ އެއީ ލިބޭ އާމްދަނީ އަކުންނޭ ލިބިދާނެ ކަމަށް ލަފާ ކޮށް ނެތް ފައިސާ އަކުން ޒަކާތް ދައްކަން ނުޖެހެއޭ ނަމަވެސް މީރާއަށް ޓެކްސް ދައްކަން ޖެހެއޭ ޓެކްސް އިންވޮއިސް އެއް ބަޔަކަށް ފޮނުވާ ދުވަހުން ފެށިގެން އެ އިންވޮއިސް އަށް ފައިސާ ނުލިބުނު ނަމަވެސް ޓެކްސް ދައްކަން ޖެހެއޭ މީސީދާ މީރާއިން ކުރާ ބޮޑު ވައްކަމެކޭ ރައްޔިތުން އަތުން މީރާ އަކީ އެއީ ވަގުން ތިބެގެން ރައްޔިތުން އަތުން ވައްކަން ކުރާ ތަނެކޭ އެއީ ޓެކްސް އެއް ނޫނޭ ނަގަނީ އެއީ ވައްކަމޭ ކުރަނީ ވައްކަން ކުރުމަށްޓަކައި އެމްޑީޕީގެ ސަރުކާރުން ވަނީ ލައިސަނެއް ގެ ގޮތުގައި ގާނޫނެއް ހަދާދީފައޭ މީރާ އުވާލާ
ރާއްޖޭގެ ސަލާމަތީ ކަންކަން ދެމެހެއްޓެން އޮތީ އިންޑިއާ އާއި އެކު ކަމަށް ޒުވާނުން ދެކެއޭ ތަމެންގެ ކައްޕަޅި ޕީޖީ ގްރޫޕްގެ ކަނޑުކޮހޭ ބުންނަސް އެކަން އެގޮތަށް ނުވާނެއޭ މަމެން ދެކެމޭ މުރުތައްދު ޑިވެލޮޕްމެންޓް ޕާރޓީ ގައި ތިބޭ ޒުވާނުން އެއީ ކައްޕަޅި އެއް ހިއްސު މަދު ވާނުވާ ޒުވާނުންނޭ އެއީ ޒުވާނުންތޭ އެއީ ކައްޕަޅި ޒުވާނުންނޭ ތަމެން މުރުތައްދޭ މެން ދެން މަހަށްދޭބަލަ