ޓެލެގްރާމާއި އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ގިނަ ބައެއްގެ ބަރަހަނާ ފޮޓޯ ލީކުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް 11 ދައުވާ އުފުލާފައިވާ މުހައްމަދު މަސާއިދު ބިން ސަމީއު (37 އ) ގެ ޝަރީއަތް މާދަމާއަށް ތާވަލް ކޮށްފިއެވެ.
މަސާއިދުގެ ޝަރީއަތް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ހެނދުނު 9:30 އަށެވެ.
އޭނާއަށް ދައުވާ އުފުލާފައިވަނީ އެކި ދުވަސްމަތިން އެކި މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކާ، ޒާތީ މުއާމަލާތް ހިމެނޭ އެހެނިހެން އެކައުންޓްތައް ހެކްކުރުމަށް ފަހު އެކި މީހުންގެ ޒާތީ މައުލޫމާތާ އެމީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމްއާ އެހެނިހެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލާގައެވެ.
މަސާއިދުގެ މައްޗަށް އުފުލާފައި ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ 03 ދައުވާ އާއި އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ 03 ދައުވާ އާއި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާއެވެ. މީގެ އިތުރުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ ވެސް ވަނީ މަސާއިދުގެ މައްޗަށް އުފުލާފައެވެ.
މަސާއިދު ވަނީ އޭނާގެ އޮފީހުގެ ހާޑް ޑިސްކު ވެސް އަމިއްލަ އަށް ނައްތާލާފައެވެ. އެހެންނަމަވެސް އޭނާ މަސައްކަތް ކުރާ އޮފީހާއި ގެއިން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ފުލުހުން ވަނީ އަތުލާފައެވެ. މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަސާއިދު އަކީ މީގެކުރިންވެސް މިފަދަ އަމަލުތައް ހިންގާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއީ ކަޑައެޅިގެން ދޮގެއްކަންވަނީ ފަޅާ އަރާފައެވެ. ސަބަބަކީ މަސާއިދަކީ މީގެކުރިން ދުވަހަކުވެސް ފުލުސް އޮފީހަށް ގެންގޮސްފައިވާ މީހެއްނޫނެވެ. އަދި މީގެކުރިން ދުވަހަކުވެސް ފުލުހުން އެއްވެސްކަމަކާ ގުޅިގެން ސުވާލެއްކުރި މީހެއްވެސް ނޫނެވެ. މަސާއިދުގެ މައްސަލަބަލަން އިސްކޮށްހުރި ޕޮލިސް އައިންތު މިފަދަ ބޮޑު ދޮގެއްހެދީ މަސާއިދުގެ ބަންދުގެ މުއްދަތު ޖެހި ފުރަތަމަ ދުވަހުއެވެ. މި ޚަބަރު ލިޔުނު އާއިޝަތު ނުހާ އަޅެ ފުލުސް އޮފިހުން ސާފުކޮށްބަލަ ކީއްވެތޯ އެވަރުގެ ބޮޑު ދޮގެއް އައިންތު ހެދީ.