އަލަށް ފެނިފައިވާ ކޮވިޑް-19ގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އިންޑިއާގެ އިންޓަނޭޝަނަލް ފްލައިޓްތައް މަޑުޖެހުމަށް އައިސްފިއެވެ.
މިއީ ކޮވިޑް-19އާ ގުޅިގެން ފާއިތުވި އަހަރުގެ މާޗު މަހަށް ފަހު އިންޑިއާއަށް ޒިޔާރާތް ކުރާ ބޭރުގެ ފަތުރުވެރިންނަށް އިންޑިއާ ހުޅުވާލާލި ފަހުން އައި ފުރަތަމަ މަޑުޖެހުމެވެ.
ކޮވިޑާ ގުޅިގެން އެކި ފިޔަވަހިތަކަކަށް ބަހާލައިގެން އެގައުމަށް މީހުން އެތެރެވުމުގެ ހުއްދަ ދީފައި ވާއިރު އެންމެ ފުރަތަމަ އެ ގައުމު ހުޅުވާލައިފައި ވަނީ ޗާޓާޑް ފްލައިޓްތަކުގައި ދަތުރުކުރާ މީހުންނަށެވެ. އެއަށް ފަހު އެ ގައުމުން ވަނީ ކޮމާޝަލް ފްލައިޓުތަކުގައި ދަތުރުކުރާ ފަތުރުވެރިިންނަށް ވެސް ގައުމު ހުޅުވާލާފައެވެ.
ނަމަވެސް އޮމިކްރޯން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރި އެކަމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލާފައި ވާއިރު އިންޑިއާއިން ވެސް މި ފިޔަވަޅު އަޅާފައި ވަނީ ވޭރިއަންޓާ ދެކޮޅަށެވެ. އެގައުމުގެ އިދާރާތަކުން ބުނީ އަލުން ފްލައިޓު ތަކަށް ހުއްދަދޭނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
އިންޑިއާއިން ބުނީ ދުނިޔޭގައި އަނެއްކާވެސް ކޮވިޑްގެ ހާލަތު ރަނގަޅުވުމާއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭނެ ކަމަށެވެ. އަދި ފްލައިޓުތައް އެގައުމަށް ވަނުމުގައިވެސް ލުއިތައް ދޭނެ ކަމަށެވެ.
އޮމިކްރޯން އާ ގުޅިގެން ފިޔަވަޅުތައް އަޅާން ފެށި އިރު އިންޑިއާގެ ކަރުނާޓަކާއިން މިހާރުވެސް 2 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.