ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން 35 އަހަރުގެ މީހަކު އިއްޔެ ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކުރީ، ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު 33އ އެވެ. އެ މައްސަލައިގެ ތުހުމަތަށް ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ ބަންދުގެ އަމުރު ހޯދާފައެވެ.

އިއްޔެ ކްރިމިނަލް ކޯޓުން ފުލުހުންނަށް ދިން ބަންދުގެ އަމުރުގައިވާ ގޮތުން، ޝިފާއު ހައްޔަރުކުރީ އޭނާގެ ނަމުގައި ޕޯސްޓުން އައި ޕާރުސަލެއްގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށް ބެލެވޭ އެއްޗެއްގެ 260 ގްރާމް ހުރި ކަމަށާއި، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމައިނަށް އެ ތަކެތި ޕޮޒިޓިވް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެހެންކަމުން ޝިފާއުގެ މައްޗަށް ދިހަ ދުވަހުގެ ބަންދެއް ކޯޓުން ވަނީ ޖަހާފައެވެ.

ނަމަވެސް ޝިފާއު ބުނީ، އެ ޕާރުސަލަކީ ރަހުމަތްތެރިއަކު ބުނެގެން ބަލާ ދިޔަ އެއްޗެއް ކަމަށެވެ. އެކަމަކު އޭނާ ރަހުމަތްތެރިއެއްގެ ގޮތުގައި ދެއްކި މީހާ ވަނީ ޝިފާއު ނުދަންނަ ކަމަށް ބުނެފައެވެ.

ފުލުހުން ކޯޓުގައި ބުނީ، ޕާރުސަލް ބަލައި ފާސްކުރި ވަގުތު ޝިފާއު ފިލަން މަސައްކަތްކުރި ކަމަށާއި، އޭނާގެ ކުޑަކަމުދާ ތަކެތި ޓީއެޗްސީއޯ އާއި އޯޕީއައިއަށް ޕޮޒިޓިވް ކަމަށެވެ.