ގދ. މާވަރުލުއާއި ގދ. ގައްދޫއާ ދެމެދު އޮތް ފަޅުރަށަކަށް ޑިންގީއެއްގައި މިއަދު ހެނދުނު ދިޔަ ދެ މީހަކު ގެއްލިގެން އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް އެންއެމްޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ގދ ގައްދޫ ޗިޗަންޑާގެ އަބްދުއް ރަހީމް 79އ އާއި އެރަށު ޗަނބޭލީގެ ހަސަން މަޖުދީ 25އ ކަމަށެވެ.

ގެއްލުނު 2 މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން ދަނީ ފުލުހުންނާ ގުޅިގެންނެވެ.

އެމްއެންޑީއެފުން ބުނީ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 22:03 ހާއިރު ކަމަށެވެ.

މި 2 މީހުން ގެއްލުވުނު އިރު، އެމީހުން ލައިގެން ތިބީ ކޮން ކުލައެއްގެ ހެދުމެއް ކަމެއް އަދި އިސްކޮޅާއި ރޫފައެއް ސާފެއް ނުވެއެވެ. އޭގެ އިތުރުން އެމީހުން ފަޅުރަށަށް ދާން އުޅުނީ ކޮން ބޭނުމެއްގައި ކަމެއްވެސް އަދި ސާފެއް ނުވެއެވެ.