އިންޑިއަން ރިއަލިޓީ ޓީވީ ސީރީސް "ބިގް ބޮސް 15"ގެ ބައިވެރިން ކަމަށްވާ ޖޭ ބާނޫޝާލީ، ވިޝާލް ކޯޓިއަން އަދި ނެހާ ބަހިސް އެލިމިނޭޓް ވެއްޖެއެވެ.

ރޭގެ އެޕިސޯޑުގައި މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އަދި އެނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ ވަނީ ބިގް ބޮސް 15ގެ މިހަފްތާގެ ބޮޓަމް 5 ބައިވެރިން ކަމަށްވާ ވިޝާލް، ނެހާ، ޖޭ، ރާޖީވް އަޑަތިއާ އަދި އުމަރް ރިޔާޒަށް ތަފާތު ޓާސްކެއް ހަވާލު ކޮށްފައެވެ.

މި ޓާސްކުން މޮޅުވުމަށް ބައިވެރިން ޖެހުނީ ޓޮޕް ފަސް ބައިވެރިން ކަމަށްވާ ނިޝާންތު ބަޓް، ޕްރަތީކް ސެހެޖްޕާލް، ތޭޖަސްވީ ޕްރަކާސް، ކަރަން ކުންދްރާ އަދި ޝަމީތާ ޝެޓީގެ ސަމާލުކަން ހޯދަން މަސައްކަތް ކުރާށެވެ.

މިގޮތުން ބައިވެރިން ޓޮފް 5 ބައިވެރިން ހެއްވުމަށް އަދި ރުޅިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވާއިރު ވޫޓް އެޕް ބޭނުން ކޮށްގެން ސަޕޯޓަރުންނަށް ވަނީ މި ޓާސްކަށް ވޯޓު ދިނުމުގެ ފުރުސަތު ދީފައެވެ.

ޓާސްކު ނިމުމުން ބާރްތީ ވަނީ އޭގެ ނަތީޖާ ހިއްސާކޮށްފައެވެ. އެގޮތުން ބެލުންތެރިންގެ އެންމެ ދަށް ވޯޓު ލިބިފައިވަނީ ނެހާ، ވިޝާލް އަދިި ޖޭއަށެވެ.

އެ ތިން މީހުން ކަޓައިގެން ދިއުމާ ގުޅިގެން ތޭޖަސްވީ އަދި ޝަމީތާ ވަނީ ހިތްފަޅައިގެން ގޮސްފައެވެ.

ތިން ބައިވެރިން ކަޓައިގެން ދިޔައިރު މިރޭގެ އެޕިސޯޓުގައި އަލަން އަންނަ ވައިލްޑްކާޑް އެންޓްރީ ބިގްބޮސްގެ ގޭތެރެއަށް ވަންނާނެވެ. އޭގެ ތެރޭގައި ދެވޮލީނާ ބައްޓަޗާރީ، ރަޝްމީ ދެސާއީ އަދި އަބީޖީތްް ބިޗުކަލޭ ހިމެނެއެވެ. ނަމަވެސް އަބީޖީތު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން އޭނާ ވައިލްޑްކާޑުގެ ގޮތުގައި މާދާމާރޭ ނާންނާނެ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ.

ރަޝްމީ އަދި ދެވޮލީނާ ވަނީ މީގެ ކުރީގެ ބިގްބޮސް ސީޒަން ތަކުގައި ވެސް ބައިވެރި ވެފައެވެ. އަދި އަބީޖީތު ވަނީ ބިގް ބޮސް މަރާޓީ ސީޒަންގެ ބައިވެރިއެކެވެ.