ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޕޮލިޓެކްނިކަށް ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސް މިއަދު ޕޮލިޓެކްނިކަށް ކުރެއްވި ޒިޔާރާތުގައި އެތަނުގެ އިމާރާތް ބައްލަވާ ލައްވާ، އެތަނުގެ ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު އޮޅުން ފިލުއްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ޒިޔާރާތުގައި ރައީސްގެ އަރިހުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވަޑައިގެންނެވިއެވެ.

ޕޮލިޓެކްނިކުން 2019 އިން 2021 ގައި އަލަށް 15 ކޯހެއް ފެށިއިރު މި މުއްދަތުގައި ޖުމްލަ 574 ދަރިވަރަކު ވަނީ ތަމްރީނު ކޮށްފައެވެ.

މި މުއްދަތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން 2 ކޯހެއް ދަނީ ހިންގަމުންނެވެ.

މީގެ އިތުރުން މި މުއްދަތުގައި 12 ރަށެއްގައި 32 ޕްރޮގުރާމެއް ހިންގަމުންދާ ކަމަށް ވެސް ޕޮލިޓެކްނިކުން ވަނީ ބުނެފައެވެ.

ކޯސްތައް ކުރިއަށްދާ ރަށްތަކުގެ ތެރޭގައި ރ. އަލިފުށި ކެމްޕަހާއި، ގއ. ވިލިނގިލި ކެމްޕަހާއި، އައްޑޫ ސިޓީ ހިތަދޫ ކެމްޕަހާއި، މ. ދިއްގަރާއި އދ. މާމިނގިލީގެ އިތުރުން ޅ. ކުރެންދޫ އަދި ކ. ހިންމަފުށި (އައްސޭރި ޖަލު) ހިމެނެއެވެ.

މީގެ އިތުރުން އއ. އުކުޅަހާއި މ. މުލީގެ އިތުރުން ކ. ކާށިދޫ އާއި އައްޑޫ ސިތީ ހުޅުމީދޫ އާއި ގދ. ގައްދޫ ކެމްޕަހާއި، ނ. މާފަރު އަދި ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާ ހިމެނެއެވެ.