މާލެ މައްޗަން ގޯޅި ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލެ މައްޗަންގޯޅި ފަޅު ގެއަކުން ކުނިވަސް ދުވާކަމުގެ މައުލޫމާތު ލިބިގެން މިއަދު 03:42 ހާއިރު ފުލުހުން ގޮސް ބެލި އިރު މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށެވެ.

މަރުވެފައި އޮތްވާ ފެނިފައި ވަނީ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެސަރައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މަރުވެފައި އޮއްވާ ފެނިފައި ވަނީ 37 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.