ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 4141 ފުޅި ބަނގުރާ ނައްތާލައިފިއެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި ނައްތާލާފައި ވަނީ މިމަހު 8 އަދި 9 ވަނަ ދުވަހު ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަމަށެވެ.

ނައްތާލި ތަކެތި؛

  • 4141 ފުޅި ބަނގުރާ
  • 717 ދަޅު ބިޔަރު
  • 31750 ބިޑިއާއި ސިނގިރޭޓާއި ސްޓިކް
  • 523 ބިޔަރު ހުސްކުރި ފުޅިއާއި ބަނގުރާ ދަޅު
  • 7.3 ކިލޯގްރާމްުގެ ދުންފަތް
  • 173 ކިލޯގްރާމުގެ އެހެނިހެން ތަކެތި (ޖުވާކުޅޭ ސާމާނާއި ބުދު ފަދަ ތަކެތި)

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ނުގެންގޮސް ހުންނަ ތަކެއްޗާއި، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާ ތަކެތި ކަސްޓަމްސް އިން ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

އެކިއެކި ސަބަބުތަކާހުރެ ކަސްޓަމްސްގައި ހިފެހެއްޓިފައި ހުންނަ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ނައްތާލެވިދާނެކަމަށް ކަސްޓަމްސްގެ އާންމު ގަވާއިދުގައި ބުނެއެވެ.

ކަސްޓަމްސް އިން ވަނީ މިދިޔަ މަހު 14 ވަނަ ދުވަހު ވެސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 5040 ފުޅި ބަނގުރާ ނައްތާލާފައެވެ.