ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު ވިއްކާލައިގެން ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ތަށިމުށި ގަނެދޭން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ގޮވާލެއްވުމާ ގުޅިގެން ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ވަނީ އަނގައިގައި ހިފާ ދަމަންޏާ ދެން ވާނީ ފަޟީހަތް ކަމަށް ވިދާޅުވެ ރައްދުދެއްވާފައެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މިއަދު ތޯރިގަށް ލިބުނު ފުރުސަތުގައި ބަޖެޓް ބަހުސްގެ ކުރިން އޭނާ ފުރަތަމަ ރައްދު ދެއްވީ ރޮޒެއިނާ އަށެވެ.
ތޯރިގު ވިދާޅުވީ ޔާމީންގެ ވެރިކަމުގައި އޭރުގެ ސަރުކާރުން ބޭނުންވެގެން ބައެއް ގާނޫނުތަކާއި ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހްތަކަށާއި އަދި ބައެއް މީހުން ބޭރުކުރުމަށާއި އެތެކުރުމަށް ނެގި ވޯޓްތަކުގައި ރޮޒެއިނާ އެމްޑީޕީގެ އުސޫލުތަކާއި ހިލާފަށް ވޯޓް ދިނީ ކީއްވެގެންތޯ ސާފުކޮށްފައި ޔާމީންގެ ގެކޮޅުގެ ވާހަކަ ދައްކަންވީ ކަމަށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދިޔަ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސްގައި ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން ނުނިމި ދިޔައީ ކުރީގެ ސަރުކާރުން އެ މަޝްރޫއު ރާވާފައި އޮތް ގޮތުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ގިނަ އަދަދަށް ލޯނު ނަގާފައިވާ ކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ ކުރީ ސަރުކާރުގައި ކަންކުރިގޮތަށް މިސަރުކާރުގެ ވެރިން ލޯނު ނެގުމަށްފަހު އެފައިސާއަށް ހިޔާނާތްތެރި ނުވާނެ ކަމަށެވެ.
ރޮޒެއިނާ ތި ދަމަނީ ދުލުގަހިފާ