ދާދި ފަހުން މަރުވި، އައިޖީއެމްއެޗްގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ ފިލިޕިންސް ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފިއެވެ.

އެ ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މާލެ ގެނެސްފައި ވަނީ ރޭ ގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މިހާރު ކުރަމުން ދަނީ އާއިލާއާ އެ މީހާގެ ހަށިގަނޑު ހަވާލުކުރުމަށް ކުރަންޖެހޭ ކަންކަން ކަމަށެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލައާއި ގުޅިގެން އިތުރު މައުލޫމާތު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުންދާނެ ކަމަށެވެ.

އެ މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މި ނޮވެންބަރު މަހުގެ 1 ވަނަ ދުވަހު އިންޑިއާއަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި އެ ނަރުހުގެ ފިރިމީހާއެވެ. އެއީ އުމުރުން 29 އަހަރުގެ ފިލިޕިންސް ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައެވެ. މަރުވި ނަރުހުގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައެވެ.

އެ ނަރުހަކީ ކައިވެނި ކޮށްގެން ދަރިއެއްވެސް ހުންނަ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.