އައްޑޫ ލިންކު ރޯޑުގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މި އެކްސިޑެންޓުގައި މަރުވެފައި ވަނީ ސ. ހިތަދޫ، ނަޔާބު، ހަސަން އަލީ (59އ) އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ ފަތިހު 5:30 ހާއިރު އޭނާ ސ. ގަމަށް ޑިއުޓީއަށް ދަނިކޮށް ހިތަދޫ ގައުކެޑި ސަރަހައްދުން ކަސްރަތު ކުރުމަށް ނިކުމެ އުޅުނު މީހެއްގެ ގައިގައި އޭނާ ދުއްވި ސައިކަލު ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ހަސަން އަލީގެ ބޮލަށާއި މޫނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާއަށް ފަރުވާ ދެމުން ދިޔައީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ދުއްވި ސައިކަލުން ޖެހުނު މީހާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.