އުރީދޫއަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި އާމްދަނީގެ ގޮތުގައި 441 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އުރީދޫއިން އާންމުކުރި ތިން ވަނަ ކުއާޓާގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި އެ ކުއާޓާގައި 441 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު މިއީ ދެވަނަ ކުއާޓާގައި ލިބިފައިވަނީ 423 މިލިއަން ރުފިޔާއެވެ. މިއީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު 11 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ އަދަދުގެ ތެރޭގައި ހިމެނެނީ:

  • މޯބައިލް ހިދުމަތްތަކުން: 335 މިލިއަން ރުފިޔާ
  • ފިކްސްޑް، ބްރޯޑްބޭންޑު އަދި އެންޓަޕްރައިސް ހިދުމަތްތަކުން: 105 މިލިއަން ރުފިޔާ
  • އެހެނިހެން ހިދުމަތްތަކުން: 192 ރުފިޔާ

ތިންވަނަ ކުއާޓަރުގައި ޓެކުހަށް ކެނޑުމުގެ ކުރިން އުރީދުއަށް 128 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ސާފު ފައިދާގެ ގޮތުގައި އުރީދޫއަށް ލިބުނީ 109 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާ ބަލާއިރު މިއަހަރުގެ މި މުއްދަތުގައި އުރީދުއަށް ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ. އެގޮތުން ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި އުރީދޫއަށް ލިބުނީ 62 މިލިއަން ރުފިޔާއެވެ.