19 އަހަރުގެ އަންހެނަކަށް މާލޭގައި އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ ޝަރުތުތަކާ އެކު ދޫކޮށްލައިފިއެވެ.
19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާއިރު، އެ މައްސަލައިގާ ހައްޔަރު ކުރީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖެހިނަމަވެސް މުއްދަތު ހަމަވާތީ އިއްޔެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތަކަކާއެކު އޭނާ ދޫކޮށްލާފައެވެ.
ޝަރުތުތައް:
- މާލެ ސަރަހައްދުން ބޭރަށް ދާނަމަ ފުލުހުންގެ ހުއްދަ ހޯދުން
- ތަހުގީގަށް ހާޒިރުވާން އަންގާ ވަގުތަކަށް އަންގާ ގޮތަކަށް ހާޒިރުވުން
- މައްސަލައާ ގުޅުންހުރި އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން
- އެހެން މީހަކު މެދުވެރިކޮށް ވެސް މުއާމަލާތު ނުކުރުން
- ތަހުގީގަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރުން
- ރޭގަނޑު ގެއިން ބޭރަށް ނުނުކުތުން
އޭނާ ބަންދުން ދޫކޮށް ކްރިމިނަލް ކޯޓުން ކުރި އަމުރުގައި ބުނީ، ގައިގައި އަތްލުމުގެ ކުށް ކުރިކަމަށް ބެލެވޭނެ ހެކި ލިބިފައި ނެތް ކަމަށާއި ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ކުރަނީ ޖިސްމާނީ ބޮޑު އަނިޔާވެރި އަމަލަކަށް ނުވާތީ، އަދި އެފަދަ ގަރީނާ ވެސް ލިބިފައި ނުވާތީ ބަންދަށް ލުއިދެވިދާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.
އެ ރޭ އަންހެން ކުއްޖަކު ރަހީނުކޮށް އެކުއްޖާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ ހަބަރުތަކެއް ދައުރުވެފައެވެ.
ސޯޝަލް މީޑިއާގައި އެއަންހެން މީހާ ރަހީނު ކުރި ކަމަށް ބުނި ނަމަވެސް ފުލުހުން އެކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ހަބަރުތަކުން ބުނާ ގޮތުން، އެ އަންހެން މީހާ އަށް އަނިޔާ ކުރީ ހުޅުމާލެއިން ރަހީނުކޮށްގެން މާލެ ގެނެސް ބަންދުކޮށްފައި ބަހައްޓައިގެންނެވެ. އަދި އެ އަންހެން މީހާ ހޯދީވެސް އާއިލާއާއި ރައްޓެހިން ނުކުމެ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.
ޢެހެރީދެންކަންތަެްކުރަަގޮތް ދެންއެއައްވުރެބޮޑައްއަނިޔާކޮއްލާނެ މަރާލައްވެސް ފަހަކަންނުދާނެ