ދާދި ފަހުން މަރުވި އައިޖީއެމްއެޗްގައި މަސައްކަތްކުރާ އަންހެން ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ފޮނުވައިފިއެވެ.

އެ ނަރުހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިއްޔެ ފޮނުވައިފާ ވަނީ އިންޑިއާއަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި އެ ނަރުހުގެ ފިރިމީހާއެވެ. އެއީ އުމުރުން 29 އަހަރުގެ ފިލިޕިންސް ފިރިހެނެކެވެ. އޭނާގެ ބަންދަށް ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހާފައެވެ. މަރުވި ނަރުހުގެ ފިރިމީހާ ވެސް މަސައްކަތް ކުރަނީ އައިޖީއެމްއެޗްގައި ނަރުހެއްގެ ގޮތުގައެވެ.

އެ ނަރުހަކީ ކައިވެނި ކޮށްގެން ދަރިއެއްވެސް ހުންނަ މީހެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނަރުސް މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާގެ ފިރިމީހާއާ ދިމާވި މައްސަލައަކަށް ފަހުއެވެ.