ޓުއާ ގައިޑަކަށް ވެގެން ފަތުރުވެރިއެއްގެ ފައިސާތަކެއް ވަގަށްނެގި ބަންގްލަދޭސް މީހާ ހައްޔަރު ކޮށްފިއެވެ.

ޓުއާ ގައިޑެއްކަަމަށް ބުނެ ފަތުރުވިޔަކަށް ހިދުމަތް ދީ އެ ފަތުރުވެރިޔާގެ ދަބަހުން ފައިސާތަކެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން ދިޔައީ ބަނގްލަދޭޝް ރައްޔިތެއް ކަށްވާ ތަންވީރު އިސްލާމް (28)އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު މި މަހުގެ 24 ވަނަ ދުވަހު މާލެއިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފަވާ ކަމަށެވެ.

ތަންވީރު ފައިސާތައް ވަގަށް ނަގާފައި ވަނީ، ފަތުރުވެރިޔާއާއެކު ގައިޑެއްގެ ގޮތުގައި ހަރަކާތްތެރި ވުމަށް ފަހު ފަތުރުވެރިޔާ އާޓިފިޝަލް ބީޗް މޫދަށް އެރުނު ވަގުތު ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.