ކުޑަ ކުއްޖަކާ މެދު ބަދުއަހުލާގީ އަމަލެއް ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝް މީހެއް ކަމަށްވާ އިބްރާހިމް މުހައްމަދެއެވެ.

ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގާވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، ހޯދަމުންދަނީ 36 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އިބްރާހިމް މުހައްމަދު (AB4430714) ކަމަށެވެ. އަދި އޭނާ ހާޒިރުވާންޖެހޭ 15 ނޮވެމްބަރުގެ 10 ޖަހާއިރަށް ރ. އުނގޫފާރު ޕޮލިސް ސްޓޭޝަނަށް ކަމަށެވެ.