ބަންދުގައި ބައިތިއްބައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށް ހަތަރު މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ހޯދަމުން ދަނީ:

  • މުހައްމަދު ޝިނާޒް (39އ) މއ. ގޯލްޑަންކްރޯން، ކ. މާލެ
  • އަހްމަދު ވަފާއު (51އ) މ. ބޮޑުކެކުރިވިލާ، ކ. މާލެ
  • އަބްދުލް މަޖީދު އަލީ (41އ) ބިންއުނިމާގެ، ކ. މާލެ
  • މުހައްމަދު މިދުހަތު (27އ) އާފެހި، ހއ. ތަކަންދޫ

ފުލުހުން ބުނީ މުހައްމަދު ޝިނާޒް ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 26، 2021 ވަނަ ދުވަހުގެ މެންދުރުފަހު 2 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.

އަހްމަދު ވަފާއު ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 26، 2021 ވަނަ ދުވަހުގެ 10:15 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަބްދުލް މަޖީދު އަލީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރު 26، 2021 ވަނަ ދުވަހުގެ 10:00 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މުހައްމަދު މިދުހަތު ހޯދަމުންދަނީ ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޮކްޓޯބަރ 27، 2021 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.

މި ހަތަތު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.