ޖަލު ހުކުމެއް ކޮށްފައިވާ މީހަކު ހާލު ދެރަވެ، އާއިލާއާ ހަވާލުކޮށްފިއެވެ.

ފުލުހުްން ބުނީ ހާލު ދެރަވެގެން، އާއިލާއާ ހަވާލުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެ މީހާ ހުކުމް ތަންފީޒުކުރުމަށްޓަކައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާ ހަވާލުކުރުމަށް މި އޮކްޓޯބަރު 14 ވަނަ ދުވަހު ގދ.ތިނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ވަނީ ބުނެފައެެވެ.

ފުލުހުން ބުނީ މި މަހުގެ 18 ވަނަ ދުވަހު އެ މީހާ ބަލިވުމާއި ގުޅިގެން ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފައިވާ ކަމަށެވެ.

އިތުރަށް ފުލުހުން ބުނީ އެ މީހާގެ ބަލި ހާލަތު ހުރި ގޮތުން މި މަހުގެ 21 ވަނަ ދުވަހު އާއިލާއާ އެ މީހާ ހަވާލުކޮށްފައިވާ ކަމަށެވެ.