އައްޑޫސިޓީގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓްގައި ޒުވާނަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެކެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ. އަދި މަރުވި ޒުވާނާގެ ބޮލަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އަދި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އެހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އެ އެކްސިޑެންޓް ހިނގި އިރު އެ ސައިކަލުގައި އިނީ އެ ޒުވާނާ އެކަންޏެވެ.

އެ އެކްސިޑެންޓު ހިނގާފައިވަނީ ރޭ ދަންވަރު 12:30 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން ފުލުހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.