ކޮވިޑް 19 އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އިއްޔެއަށް ވުރެ 49 ކޭސް މަދު ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަދު 3449 ސާމްޕަލް ނެގި އިރު ޕޮޒިޓިވްވްފައިވަނީ 45 މީހުންނެވެ.

ޕޮޒިޓިވް ވެފައިވާ މީހުންގެ ތަފްސީލްތަކަށް ބަލާއިރު މާލެ ސަރަހައްދުން 14 މީހަކާ، އަތޮޅުތެރެއިން 27 މީހަކާ، ރިސޯޓްތަކުން 4 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 85،977 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1208 މީހަކު އެބަ ތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 16 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. އިއްޔެއާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 565 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 237 އަށް އަރާފައެވެ.