ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 100 ކިލޯގެ ޑްރަގް އަތުލައިގެންފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި 10 ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށާ އެގޮތުން 100 ކިލޯގެ ޑްރަގް ހޯދާފައިވާ ކަމަށް ސީޕީ ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މި އޮޕަރޭޝަންގައި 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕޮލިސް ކޮމިޝަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަތުލައިގަތް މަސްތުވާތަކެއްޗަކީ ހެރޮއިންއެވެ.

އެ އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ސީޕީ ނުދެއްވައެވެ.