ޕިކަޕަކުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަން ފުލުހުން އިއުލާނު ކޮށްފިއެވެ.

ވީޑިއޯއެއް ހިއްސާކުރަމުން ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހުންނަކީ، ސެޕްޓެމްބަރު 07، 2021 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ މަގެއްގެ މަތީގައި ޕާކު ކޮށްފަ އޮތް ޕިކަޕަކުން ވައްކަން ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވާ ބައެއް ކަމަށެވެ.

ނަމަވެސް ފުލުހުން މިހާތަނަށް ކުރި މައްސައްކަތުން ކޮން ބައެއްކަން ދެނެގަނެވިފާ ނުވާތީ އެމީހުން ހޯދިފަނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

https://www.youtube.com/watch?time_continue=2&v=BeMI4JXQEkk&feature=emb_title

ފުލުހުން ބުނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެ މީހުން ދުއްވާފަވަނީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ތަހުގީގުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތުން އެނގިފައިވާ ކަމަސެވެ.

އެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅާ އެމައްސަލައިގެ އިންސިޑެންޓް ނަންބަރު 497362 ބުނ އެމައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ބުނެއެވެ.